Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ޒުވާނުންގެ އެވޯޑް މި އަހަރު ހަތް މީހަކަށް

ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދެމުން އަންނަ ޒުވާނުންގެ އެވޯޑް މި އަހަރު ހަތް ޒުވާނަކަށް ދީފި އެވެ.

ދަރުބާރު ގޭގައި ރޭ ބޭއްވި ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އަށް ޒުވާނުންނަށް އެވޯޑް ހަވާލުކޮށް ދެއްވީ ރައީސް އަބުދުﷲ ޔާމީނެވެ.

ހަތް ދާއިރާއެއްގައި ކުރިއެރުން ހޯދައި ނަމޫނާ ދައްކަމުންދާ ހަތް ޒުވާނަކަށް އެވޯޑް އަރުވާފައިވާ އިރު ޝަހީދު ޖަވާދު އުމަރު ހަނދާނީ ފިލާ ވެސް ދީފައިވެ އެވެ.

ޝަހީދު ޖަވާދު އުމަރު ހަނދާނީ ފިލާ ލިބުނީ ފުލުހުންގެ ވަޒީފާ އަދާ ކުރަމުން އަންނަ އަހުމަދު ޝާފިއުއަށެވެ. އޭނާ އަށް އެވޯޑް ދީފައި ވަނީ 2013 ވަނަ އަހަރު ހިނގި ހާދިސާއެއްގައި ދެމައެއްގެ ފުރާނަ ސަލާމަތްކޮށް ދީފައިވާތީ އެވެ. ޝާފިއު ސަލާމަތް ކުރީ ފަސް އަހަރުގެ ކުއްޖަކާއި އޭނާގެ މަންމަގެ ފުރާނަ އެވެ.

* ޒުވާނުންގެ އެވޯޑު ހާސިލު ކުރި 7 ޒުވާނުން:

1. ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާއިން: ގ. ވަށަފަރު، އަހުމަދު ޣާލިބު
2. އުފެއްދުންތެރި ކަމުގެ ދާއިރާއިން: ހުސައިން ޝިހާމް ބ. ދަރަވަންދޫ، ތަހުމީނާ ހައުސް
3. މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދާއިރާއިން: މ. އޭޝިއާ، އަލީ ނަސީމް
4. ކުޅިވަރުގެ ދާއިރާއިން: ހ. ކުދިހިތިގެ، އަހުމަދު ޝިހާމް
5. ވޮކޭޝަނަލް ޑްރެއިން ދަސްކޮށްދިނުމުގެ ދާއިރާއިން: މއ. ގްރީންވިލް، އަހުމަދު ޒައުޝަން
6. ދަރުމަވެރިކަމުގެ ދާއިރާއިން: މާޖެހިގެ، ގއ. ދެއްވަދޫ، އަހުމަދު ނަޝީދު
7. ދުޅަހެޔޮ އާއިލާ ބިނާ ކުރުމުގެ ދާއިރާއިން: އަހުމަދު ޝާފިއު، ހއ. މާރަންދޫ، މޯނިން ސްޓާ

މި އަހަރުގެ ޒުވާނުންގެ އެވޯޑް ހަފުލާ އިން ފެނުނު އެންމެ ބޮޑު ފަޅު ކަމަކީ އެއްވެސް ޒުވާން އަންހެން ކަނބަލަކަށް އެވޯޑް ލިބިފައި ނުވުމެވެ.