Last Updated: May 17, 00:08
Thursday, May 16, 2024
ޚަބަރު

އައްޑޫގެ ސާވޭއަކަށް އެނިއުމެރޭޓަރުން ހޯދަނީ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެލް) އާއި އައްޑޫ ސިޓީ ކައުންސިލް އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެން، އައްޑޫގެ އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ދެނެގަތުމުގެ ގޮތުން ހަދާ ސާވޭއަކަށް މަޢުލޫމާތު އެއްކުރަން ހަރަކާތްތެރިވާނެ އެނިއުމެރޭޓަރުން ހޯދަން އިއުލާންކޮށްފި އެވެ.

ކައުންސިިލުން ބުނީ އެނިއުމަރޭޓަރުންގެ ގޮތުގައި ހޮވޭ މީހުންނަށް މަސައްކަތާ ގުޅޭ ތަމްރީނު ދޭނެ ކަމަށާއި ތަމްރީނު ފުރިހަމަކޮށް ސާވޭގައި ހަރަކާތްތެރިވާ މީހުންނަށް އެލަވަންސެއް ވެސް ދޭނެ ކަމަށެވެ. ސާވޭ ކުރިއަށް ދާނީ އަންނަ މަހުގެ 2-4 އަށެވެ.

އެހެންވެ މި ސާވޭގައި އެނިއުމޭޓަރުންގެ ގޮތުގައި ހަރަހަރަކާތްތެރި ވާން ޝައުގުވެރިވާ މީހުންނަށް ނަން ނޯޓް ކުރުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އެނިއުމޭޓަރުންގެ ގޮތުގައި ކުރިމަތިލާ މީހުންނަކީ އޯ ލެވެލް ފުރިހަމަކޮށްފައިވާ އަދި އުމުރުން 18 އަހަރުގެ މީހުންނަށް ވާން ޖެހެ އެވެ.

ނަން ނޯޓް ކުރަން ގުޅަން ކެހެނީ ހިތަދޫގައި އެޗްއާރްސީއެމް ސަދަން ރީޖަނަލް އޮފީހުގެ ނަންބަރު 6880886 އަށް ނުވަތަ އައްޑޫގެ އަވަށު އޮފީސްތަކަށެވެ.