Last Updated: June 16, 14:01
Tuesday, June 16, 2026
ކުޅިވަރު

އޭސީ މިލާނުގެ ކޯޗު ވަކިކޮށް، ގަޓޫސޯއަށް މަގާމު ދީފި

އިޓަލީގެ އޭސީ މިލާނުގެ ކޯޗު، ވިންސެންޒޯ މޮންޓޭލާ މަގާމުން ދުރުކުރުމަށްފަހު ކުލަބުގެ ކުރީގެ މިޑްފީލްޑަރު ގެނަރޯ ގަޓޫސޯ މަގާމަށް އައްޔަންކޮށްފިއެވެ.

މިއަދުގެ ވަގުތެއްގައި ކުލަބުން މޮންޓޭލާ މަގާމުން ދުރުކޮށްފައިވާކަން ވަނީ އިއުލާންކޮށްފައެވެ. މިދިޔަ ޓްރާންސްފާ ވިންޑޯގައި ބޮޑު ހޭދައެއް ކުރުމަށްފަހު ގިނަ ކުޅުންތެރިން ކުލަބަށް ގެނެސް، ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށް ގިނަ ބަޔަކު ތިބީ އުއްމީދު ކޮށްގެނެވެ.

ނަމަވެސް ލީގު ތާވަލުގެ 7 ވަނައިގައި އޮތް އޭސީ މިލާނަށް ވަނީ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. އެންމެ ފަހަކަށް ކުޅުނު 10 މެޗުން މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ. މިލާން ޑާބީގައި އިންޓަ މިލާން އަތުންވެސް އޭސީ މިލާން ވަނީ ބަލިވެފައެވެ.

އާ ކޯޗު ކަމަށް ގަޓޫސޯ އައްޔަން ކޮށްފައިވާއިރު އޭނާ ވަނީ އޭސީ މިލާނުގެ ކޯޗުކަމަށް އަންނަން އޭނާ ހުރި މަގާމު ދޫކޮށްލާފައެވެ. ކުލަބުން ބުނެފައިވަނީ ގަޓޫސޯއާއެކު މަސައްކަތް ކުރުމަށް ފޮނި އުންމީދުތަކެއް ކުރާ ކަމަށެވެ.