އަންހެނަކަށް ހަމަލާދީ ފޭރެން އުޅެނިކޮށް މަގުން ދިޔަ ކުއްތާއަކު އަންހެން މީހާ ސަލާމަތްކޮށްދޭ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ވައިރަލްވެއްޖެއެވެ.
ކުރީގެ ޔޫގޯސްލޭވިއާގެ ގައުމެއް ކަމަށްވާ މޮންޓްނެގްރޯގައި ހިނގި މިހާދިސާގައި ފިރިހެނަކު ވަނީ އަންހެނެއްގެ ފަހަތުން ގޮސް، އޭނާއަށް ހަމަލާދީ ފޭރެން މަސައްކަތް ކޮށްފައެވެ.
ނަމަވެސް މަގުގައި އޮތް ކުއްތާއެއް ވަނީ ފޭރެން އުޅުނު މީހާއަށް ހަމަލާދީ އޭނާ ފައްސާލައި، އަންހެން މީހާއާއި އަތްދަބަސް ސަލާމަތްކޮށްދީ ފައެވެ.
Hero dog! The amazing moment a clever dog saves a woman from a mugger. pic.twitter.com/sa7qidf3EX
— The Telegraph (@Telegraph) November 25, 2017
މިވީޑިއޯ އެތައް ބަޔަކު ވަނީ ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި ޝެއާކޮށް އެތައް ބަޔެއްގެ ސަމާލު ކަމަށް ގެނެސްފައެވެ. ފޭރެން އުޅުނު މީހާގެ ފަޔަށް ކުއްތާ ވަނީ ހަމަލާދީ އޭނާ ފައްސާލާފައެވެ.