Last Updated: June 16, 14:01
Tuesday, June 16, 2026
ޚަބަރު

ގައުމު އެފްސީ ބަލިކޮށް ފެލްކަންސް ފެށުން ރަނގަޅުކޮށްފި

އެލެކްސް އިންވެސްޓްމެންޓް ޒެފިއާ ފުޓްސަލް ކަޕް 2017 ގައި މިއަދުގެ ފުރަތަމަ މެޗު ގައުމު އެފްސީ ބަލިކޮށް އެފްސީ ފެލްކޮންސް ކާމިޔާބުކޮށްފިއެވެ.

ފެލްކަންސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗު އެޓީމުން ކާމިޔާބުކޮށްފައިވަނީ 2-4 އިންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 0-2 އިން ފެލްކަންސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ގައުމުން ކުޅުން ރަނގަޅުކޮށް ގޯލަށް ފޮނުވާލި ހަމަލާ އިތުރުކޮށްފައިވެއެވެ. ނަތީޖާއެއްގެ ގޮތުން ދެގޯލު އެޓީމުން ވަނީ ޖަހާފައެވެ. ނަމަވެސް ފެލްކަންސް ޓީމުން ވަނީ މިހާފުގައި އިތުރު ދެލަނޑު ގައުމު ކޮޅަށް ވައްދާލާފައެވެ.

ފެލްކަންސްގެ ގޯލުތައް ފެނިގެން ގޮސްފައިވަނީ މުހައްމަދު ޝިހާމާއި އަލީ އަބްދުﷲ އަދި އާސިފް ނައީމްގެ ފަރާތުންނެވެ. ގައުމުގެ ދެ ގޯލު ޖަހާފައިަވނީ އަހުމަދު ސޮބާހް އަދި އަބްދުﷲ ވިޝާލްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެލްކޮންސްއަށް ދެ ލަނޑު ޖެހި މުހައްމަދު ޝިހާމެވެ.