Last Updated: June 16, 14:01
Tuesday, June 16, 2026
ޚަބަރު

ކޮންމެ ދުވަހަކު "ނޯޓް 8" ލިބޭ ޕްރޮމޯއެއް އުރީދޫގައި

އުރީދޫއިން ކުރިއަށް ގެންދާ "އެންޖޯއި ދަ އިންޓަނެޓް" ކެމްޕޭނުގެ ދަށުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ނޯޓް 8 ފޯނެއް ލިބޭ ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

"ވިން އަ ގެލެކްސީ ނޯޓް 8 އެވްރީ ޑޭ"ގެ ނަމުގައި އުރީދޫން ތައާރަފްކުރި މި ޕްރޮމޯގައި ބައިވެރިވާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ދުވަހަކު ސެމްސަންގެ އެންމެ ފަހުގެ ފޯނު، ނޯޓް 8 އެއް ލިބިގެންދާނެއެވެ.

މި ޕްރޮމޯގައި ބައިވެރިވެވޭނީ އެންމެ މަދުވެގެން 99 ރުފިޔާގެ ޑޭޓާ ފޯނަށް އެޅުމުންނެވެ. ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް މި ޕްރޮމޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު 99 އަށްވުރެ ގިނައިން ޑޭޓާ އެޅިޔަސް ޕްރޮމޯގައި ބައިވެރިވާނެ ކަމަށް އުރީދޫން ބުނެފައިވެއެވެ.

އުރީދޫން ހުޅުވާލި މިޚާއްސަ ޕްރޮމޯޝަން މިއަދުން ފެށިގެން ތިރީސް ދުވަހަށް ކުރިއަށްދާނެއެވެ. އުރީދޫން ބުނެފައިވަނީ އެކުންފުނީގެ އަމާޒަކީ ރާއްޖޭގެ އެންމެ މަގްބޫލު މޮބައިލް ޑޭޓާ ނެޓްވާކްގެ ގޮތުގައި، އެންމެ ރަނގަޅު ފެންވަރުގައި އިންޓަނެޓް ޚިދުމަތް ފޯރުކޮށްދިނުމަށް އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.