Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ދުއާކޮށްގެން ދައުވާ ކުރާ ފަރާ އަށް ހުކުމް ކުރުން މާދަމާ

ހުކުރު ނަމާދަށް ފަހު އަނިޔާވެެރިކަމާ ދެކޮޅަށް ދުއާކޮށްގެން ހައްޔަރު ކުރި އަހުމަދު ފަރްހާން (ފަރާ) ގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް އިއްވުމުން މާދަމާ މެންދުރު ފަހު 2:15 އަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ތާވަލްކޮށްފި އެވެ.

"އައްޑޫލައިވް" އަށް އެނގިފައިވާ ގޮތުގައި ފަރާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޤާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށްދާ މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދެވެ.

އޯގަސްޓް، 12، 2016 ގައި ފުލުހުން ފަރާ ހައްޔަރު ކުރީ ހިތަދޫ ފަޒާ މިސްކިތުގައި ހުކުރު ނަމާދަށް ފަހު ދުއާ ކުރަން ހުއްޓަ އެވެ.

ފަރާގެ މައްޗަށް ދައުލަތުން އުފުލާފައިވާ، ދައުވާ ސާބިތުވެއްޖެ ނަމަ ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.