Last Updated: May 16, 20:52
Thursday, May 16, 2024
މުނިފޫހިފިލުވުން

ހެރީ އާއި މެގަންގެ ކައިވެނި އަންނަ އަހަރު

ޕްރިންސެސް ޑަޔާނާގެ ހަގު ދަރިފުޅު ޕްރިންސް ހެރީ އާއި އެމެރިކާ އަށް އުފަން ހޮލިވުޑްގެ ބަތަލާ މެގަން މާކަލް އެންގޭޖްވެފައިވާކަން ރަސްމީކޮށް އިއުލާންކޮށް އެ ދެ މީހުން އަންނަ އަހަރު ކައިވެނި ކުރާނެކަން ކެންސިންޓަން ޕެލަސް އިން މިއަދު އިއުލާންކޮށްފި އެވެ.

ކެންސިންޓަންގެ ބަޔާނުގައި ބުނީ ޕްރިންސް ހެރީ، 33، އާއި "ސުއިޓްސް" ގެ ބަތަލާ މޭގަން މާކްލް ،36، ކައިވެނި ކުރާނީ އަންނަ އަހަރުގެ ބަހާރު މޫސުމުގައި ކަމަށާއި ތާރީހު ވެސް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

މީގެ ކުރިން ވެސް ކައިވެންޏެއްކޮށްފައިވާ މޭގަން އާއި ހެރީ ރައްޓެހިވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

ޕްރިންސް ހެރީގެ ބޭބެ ޕްރިންސް ވިލިއަމް އާއި ކޭޓް މިޑްލްޓަން 2011 ގައި ކައިވެނިކޮށް މިހާރު ދެ ކުދިން ލިބިފައިވާ އިރު، ކެޓް މިހާރު އިނީ ތިން ވަނަ ކުއްޖަކަށް ބަލިވެ އެވެ.