Last Updated: June 28, 20:14
Sunday, June 28, 2026
މުނިފޫހިފިލުވުން

"ގްލީ" ގެ ނާޔާ "ގެވެށި އަނިޔާކޮށްގެން" ހައްޔަރުކޮށްފި

ސްޓާ ވޯލްޑް އިން ގެނެސްދިން މަޝްހޫރު ޓީވީ މިއުޒިކަލް ކަމުގައިވާ "ގްލީ" ގައި ސެންޓާނާގެ ރޯލް އަދާކުރި އެކްޓްރެސް ނާޔާ ރިވޭރާ ހައްޔަރު ކޮށްފި އެވެ.

ވެސްޓް ވާޖީނިއާގެ ކަނޯވާ ކައުންޓީ އިން ނާޔާ ރިވޭރާ ހައްޔަރު ކޮށްފައި ވަނީ އޭނާގެ ފިރިމީހާގެ މައްޗަށް ގެވެށި އަނިޔާ ކުރިކަމުގެ ތުހުމަތުގަ އެވެ.

އުމުރުން 30 އަހަރުގެ ރިވޭރާ ހައްޔަރު ކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ރޭއެވެ.

ރިވޭރާ ފިރިމީހާ ރަޔާން ޑޯސީ ބުނާ ގޮތުގައި އެދެމަރިފިންގެ ދަރިފުޅު ގޮވައިގެން ހިނގާލަން ދިޔަ މަގުމަތީގައި ރިވޭރާ ވަނީ އޭނާގެ ބޮލާއި ތިރީ ތުންފަތުގައި ބާރަށް ޖަހާފައެވެ. އެއަށްފަހު ރަޔާން ވަނީ އެ ޚަބަރު ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ.

އެހެންނަމަވެސް ބޮންޑް އަދާކުރުމަށްފަހު ރިވޭރާ ވަނީ މިހާރު ޖަލުން ދޫކޮށްލާފަ އެވެ. އޭނާ ޖަލުން ބަލާ އައީ އޭނާގެ ފިރިމީހާގެ ބައްޕަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.