ހުކުރު ނަމާދަށް ފަހު އަނިޔާވެެރިކަމާ ދެކޮޅަށް ދުއާކޮށްގެން ހައްޔަރު ކުރި އަހުމަދު ފަރްހާން (ފަރާ)ގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް އިއްވުން މިއަދަށް ތާވަލް ކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.
ހިތަދޫ ކޯޓުގެ އޮފިޝަލަކު ވަނީ 'އައްޑޫލައިވް' އަށް މިކަން ކަށަވަރުކޮށްދީފައެވެ. އެހެން ނަމަވެސް އަޑުއެހުން ފަސްކުރި ސަބަބެއް އޮފިޝަލް ވިދާޅެއް ނުވެއެވެ.
ފަރާ އެންމެ ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ހުކުރު ނަމާދަށް ފަހު މިސްކިތުގެ ގޯތި ތެރޭގައި ދުއާ ކުރަން ހުއްޓައެވެ.
އެހެން ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ފަރާގެ މައްޗަށް ކޮށްފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުނު ކަމަށެވެ.
ފަރާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޤާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.