Last Updated: June 16, 14:01
Tuesday, June 16, 2026
ކުޅިވަރު

އޮޒިލް އާއި ސަންޗޭޒް ޖެނުއަރީގައި މަޑުކުރާނެ: ވެންގާ

(AP Photo/ Tim Ireland)

އާސެނަލްއަށް ކުޅެމުން އަންނަ ޖަރުމަނުވިލާތުގެ މީސުޓް އޮޒިލް އަދި ޗިލީގެ އެލެކްސިސް ސަންޗޭޒް މިޖެނުއަރީ ޓްރާންސްފާގައި ކުލަބު ދޫކޮށް ނުދާނެ ކަމުގެ ޔަގީންކަން އާސެން ވެންގާ ދީފިއެވެ.

ދެކުޅުންތެރިންގެ ކޮންޓްރެކްޓުވެސް ސީޒަނުގެ ނިޔަލަށް ހަމަވާއިރު އާސެން ވެންގާ ވަނީ ސީޒަނުގެ މެދުތެރެއިން ކުލަބު ދޫކޮށް ދިއުމުގެ ވިސްނުމެއް ދެކުޅުންތެރިންވެސް ނުގެންގުޅޭ ކަމަށް ބުނެފައެވެ.

މެންޗެސްޓާ ޔުނައިޓެޑާއި އޮޒިލް ގުޅެން އުޅޭ ކަމުގެ ޚަބަރު ފެތުރިފައިވާއިރު ސަންޗޭޒް ފްރާންސުގެ ޕީއެސްޖީއަށް ދާން އުޅޭ ކަމުގެ އަޑު ދުނިޔޭގެ އެކި ގައުމުތަކުގެ މީޑިޔާތަކުގައި ވަނީ ފެތުރިފައެވެ.

ވެންގާ ބުނެފައިވަނީ ފެބްރުއަރީ އެއްވަނަ ދުވަހުވެސް ދެކުޅުންތެރިން ތިބޭނީ އާސެނަލްގައި ކަމަށެވެ. ނަމަވެސް ސީޒަން ނިމުމުން ކުޅުންތެރިން މަޑުކުރާނީތޯ ނުވަތަ ކުލަބު ދޫކޮށްދާނީތޯ، އެއީ އޭނާއަށް ނިންމޭނެ ނިންމުމެއް ނޫން ކަމަށް ވެންގާ ބުނެފައިވެއެވެ.

ކޮންޓްރެކްޓު އާނުކޮށްފިނަމަ ދެކުޅުންތެރިންވެސް އަގަކާ ނުލާ ގެންދިއުމުގެ އިޚުތިޔާރު އެހެން ކުލަބުތަކަށް ލިބިގެންވެއެވެ.