Last Updated: June 16, 14:01
Tuesday, June 16, 2026
ޚަބަރު

އަފިރިން ބަލިކޮށް އުސްގަނޑަ ކުރިއަށް

އެލެކްސް އިންވެސްޓްމަންޓް ޒެފިއާ ފުޓްސަލް ކަޕް 2017ގައި ވާދަކުރާ އެފްސީ އުސްގަނޑަ ޓީމް

އެލެކްސް އިންވެސްޓްމެންޓް ޒެފިއާ ފުޓްސަލް ކަޕް 2017ގައި އެފްސީ އަފިރިންނާއި ވާދަކޮށް އެފްސީ އުސްގަނޑަ ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށްފިއެވެ.

މިއަދުގެ މެޗު އުސްގަނޑަ ކާމިޔާބުކޮށްފައިވަނީ 1-3 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އުސްގަނޑަ ޓީމުން ލަނޑެއް ޖަހައި ލީޑު ނަގާފައިވާއިރު ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 0-1 އިން އުސްގަނޑަ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި އިތުރު ދެލަނޑު އުސްގަނޑަ ޓީމުން ޖަހާފައިވާއިރު މިހާފުގައި އަފިރިން ޓީމުންވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މިއަދުގެ މެޗުގައި އުސްގަނޑަ ޓީމަށް ލަނޑު ޖަހާދީފައިވަނީ މިދިޔަ މެޗުގައި ހެޓްރިކް ހެދި މުހައްމަދު އާލިފް ފަހުމީގެ އިތުރުން އިބްރާހިމް ޝާނީޒް އަދި އަލީ ލިރުއަމްއެވެ.

އަފިރިން ޓީމުގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ އެޓީމުގެ ޖާޒީ ނަމްބަރު 14، އިސްމާއިލް އަޒީމްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އުސްގަނޑަ ޓީމުގެ ޖާޒީ ނަމްބަރު 9، އަލީ ލިރުއަމްއެވެ.