މަޝްހޫރު ރެޕާ ޖޭ ޒީގެ "4:44" ޓުއާގެ ތެރެއިން ނެބްރާސްކާގައި ބާއްވަން ހަމަޖެހިފައި އޮތް ކޮންސަޓް ކެންސަލް ކޮށްފި އެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ޖޭ ޒީ އެ ކޮންސަޓް ކެންސަލް ކޮށްފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުންނެވެ.
ރިޕޯޓްތައް ބުނާގޮތުން ޖޭ ޒީގެ މުވައްޒަފުންނަށް ކޮންސަޓްގެ ސްކްރީންތައް ހަމަނުޖެއްސުމުގެ އެ ޝޯ ކެންސަލް ކުރުމަށް ނިންމާފައިވާކަން ހާމަކޮށް ޖޭ ޒީ ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ޖޭ ޒީ ބުނެފައި ވަނީ ޓުއާގެ މެދުތެރެއިން ހުއްޓާލާކަށް ބޭނުން ނުވާ ކަމަށާއި، އެއީ އޭނާ އަށް ވަރަށް މުހިންމު ކޮންސަޓެއް ކަމަށެވެ.
ޖޭ ޒީ ބުނީ ފޭނުންގެ ފައިސާ ހޯދައިގެން ފިލަން އޭނާ ބޭނުންނުވާ ކަމަށާއި، އެހެންކަމުން ނެބްރާސްކާ އާއި ފްރެސްނޯގައި ބާއްވަން ހަމަޖެހިފައިވާ ޝޯތައް ކެންސަލް ކުރަން ނިންމާފައިވާ ކަމަށެވެ.
ޖޭ ޒީގެ "4:44" ޓުއާގެ ނެބްރާސްކާގެ ޝޯ ބާއްވަން ހަމަޖައްސާފައި އޮތީ ޑިސެމްބަރު 6 ގައެވެ.