2018 ވަނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ޓީމްތައް ހޮވުމަށް ދިން ދުވަހަށް ވެފައިވަނިކޮށް، ފީފާ ވޯލްޑް ކަޕްގެ ރަޝިއާ 2018 ގެ ރަސްމީ ޕޯސްޓަރު ނެރެފި އެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އަދި މަޤްބޫލު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕްގެ 2018 ވަނަ އަހަރުގެ ރަސްމީ ޕޯސްޓަރު ފީފާ އިން ވަނީ އެ ފެޑަރޭޝަންގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށް އިއްޔެ ހިއްސާކޮށްފަ އެވެ.
ފީފާ އިން ނެރުނު ވޯލްޑް ކަޕް 2018 ގެ ރަސްމީ ޕޯސްޓަރުން ފެނިގެންދަނީ ރަޝިއާގެ ފުޓްބޯޅައިގެ ރަމްޒެއް ކަމުގައިވާ ކުޅުންތެރިޔާ ލީވް ޔަޝިން އެވެ.
ފީފާގެ ސެކެޓްރީ ޖެނެރަލް ފަތްމާ ސަމޫރާ އާއި ހަވާލާދީ ފީފާގެ ރަސްމީ ވެބްސައިޓްގައި ބުނެފައި ވަނީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރަސްމީ ޕޯސްޓަރުގައި ރަޝިއާގެ ފުޓްބޯޅައިގެ ތާރީޚް ވަރަށް ބޮޑަށް ފާޅުވެގެންދާ ކަމަށެވެ.
Introducing the official #WorldCup poster for 🇷🇺Russia 2018! pic.twitter.com/91OTD6SYOq
— FIFA World Cup (@FIFAWorldCup) November 28, 2017
މީގެ އިތުރުން ފީފާގެ އެހެން އޮފިޝަލެއް ކަމުގައިވާ ވިޓަލީ މުޓްކޯ ބުނެފައިވާ ގޮތުގައި ރަސްމީ ޕޯސްޓަރުގައި ވޯލްޑް ކަޕް 2018 ހޯސްޓް ކުރާ ޤައުމަކީ ރަޝިއާކަން ދެއްކުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ކުޅުންތެރިޔާ ލީވް ޔަޝިން ގެ ފޮޓޯއެއް ޕޯސްޓަރަށް ލީ އެހެންވެގެން ކަމުގައެވެ.
ފީފާ ވޯލްޑް ކަޕް – ރަޝިއާ 2018 ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 14 ޖޫން 2018 އިން 15 ޖުލައި 2018 އަށެވެ.