Last Updated: June 28, 20:14
Sunday, June 28, 2026
މުނިފޫހިފިލުވުން

ރަންވީރް "ގަލީ ބޯއި" ގެ މަސައްކަތް ފަށައިފި

"ޕަދްމާވަތީ" ރިލީޒް ކުރާނެ ތާރީޚެއް އަދި ހާމަކޮށްފައި ނުވާއިރު، އެ ފިލްމްގެ ލީޑް ރޯލުން ފެނިގެންދާ ރަންވީރް ސިންގް ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމް ކަމުގައިވާ ޒޯޔާ އަޚްތަރްގެ "ގަލީ ބޯއި" ގެ މަސައްކަތް ފަށާފައެވެ.

ރިޕޯޓްތައް ބުނާގޮތުން ރަންވީރް ވަނީ ޑިވައިންގެ ނަމުން މަޝްހޫރުވެފައިވާ އިންޑިއާގެ މަޝްހޫރު ރެޕާ ވިވިއަން ފަނޭންޑެޒްއާ އެކު ރެޕެއް ރެކޯޑްކޮށްފަ އެވެ.

ރަންވީރް ވަނީ ޑިވައިން އާއެކު އޭނާ ރެޕްގެ ފަރިތަކުރުންތައް ގެންދިޔަ މަންޒަރު އޭނާގެ އިންސްޓަގްރާމް ސްޓޯރީ އަށް ލާފައެވެ.

?? @zoieakhtar @aliaabhatt

A post shared by Ranveer Singh (@ranveersingh) on

"ގަލީ ބޯއި" އަކީ މުމްބާއީ އަށް އުފަން ރެޕާއެއް ކަމުގައިވާ ނާޗެދް ޝެއިޚްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމްގައި ރަންވީރްގެ އިތުރުން މަޝްހޫރު ބަތަލާ އާލިއާ ބަޓް ވެސް ޙަރަކާތްތރި ވާނެ އެވެ.

މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ 2018 ވަނަ އަހަރުގެ ތެރޭގަ އެވެ.