ސައިފް އަލީ ހާނުގެ ޕްރޮޑަކްޝަން އިލޫމިނަތީ އިން އުފައްދައި އޭނާ މުހިއްމު ރޯލެއް ވެސް އަދާކޮށްފައިވާ އިންޑިއާގެ ފުރަތަމަ ޒޮމްބީ ފިލްމް "ގޯ ގޯއާ ގޯން" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
"ޝޯރް އިން ދަ ސިޓީ" އާއި "99" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ރާޖް ނިދިމޮރޫ އާއި ކްރިޝްނާ ޑީކޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމްގައި ސައިފްގެ އިތުރުން އޭނާގެ ކޮއްކޮ ސޯހާ އަލީ ހާންގެ ލޯބިވެރިޔާ ކުނާލް ކޭމޫ އާއި "ދިއްލީ ބެލީ" ފަދަ ފިލްމްތަކުން ފެނިފައިވާ ވީރް ދާސް މުހިއްމު ރޯލެއް އަދާކޮށްފައިވެ އެވެ.
"ގޯ ގޯއާ ގޯން" ގެ ބަތަލާއަކީ "ފަލްތޫ" އިން ފެނިގެން ދިޔަ ޕޫޖާ ގުޕްތާ އެވެ.
ފިލްމުގެ ފުރަތަމަ ޓްރެއިލާ މިއަދު އާންމުކޮށްފައިވާ އިރު، މި ފިލްމް ސިނަމާތަކަށް އަންނާނީ މެއި 10 ގަ އެވެ. މި ފިލްމުގައި ސައިފް ފެނިގެން ދާނީ މީގެ ކުރިން އޭނާ ފެނިފައިވާ ނުވާ ފަދަ ކެރެކްޓާއަކުންނެވެ.
އެގޮތުން ފިލްމުގައި އޭނާ މުޅިން ވެސް ފެނިގެން ދާނީ ބްލޮންޑް އިސްތަށިގަނޑަކާ އެކު ޒޮމްބީ ހަނއެވެ.