Last Updated: May 15, 18:09
Wednesday, May 15, 2024
ކުޅިވަރު

"ފޭދޫ ސޮކާ ކަޕް" އަށް ހުޅުވާލައިފި

"ފޭދޫ ސޮކާ ކަޕް" ގެ ނަމުގައި ފުޓްބޯޅަ މުބާތާރެއް އަންނަ ޖެނުއަރީގައި ފޭދޫގައި ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ޓީމްތަކަށް ހުޅުވާލައިފި އެވެ.

މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ޓީމްތަކަށް މުބާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ. ޓީމް ލިސްޓް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 30 ގެ ކުރިންނެވެ.

ދި ފޭދޫ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ބާއްވާ "ފޭދޫ ސޮކާ ކަޕް" މުބާރާތުން ފުރުސަތު ދޭން ނިންމާފައި ވަނީ ލިމިޓެޑް ޓީމްތަކަށް ކަމަށާއި އިސްކަން ދޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރާ ޓީމްތަކަށް ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ. މުބާރާތާ ބެހޭ މައުލޫމާތު 9119811 އަދި 9557372 އިން ލިބޭނެ އެވެ.

ފޭދޫ ރަސްމީ ބޯޅަދަނޑުގައި މެޗްތައް ކުޅޭ މުބާރާތް ފަށަން ހަމަޖެހިފައި ވަނީ ޖެނުއަރީ މަހުގެ 10 ގަ އެެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 75،000ރ. އަދި ރަނަރަޕް ޓީމަށް 30،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.

"ފޭދޫ ސޮކާ ކަޕް" އަކީ ފޭދޫ ޒުވާނުން ގުޅިގެން އައްޑޫގައި ޒުވާން ހުނަރުވެރި ކުޅުންތެެރިން އުފައްދައި ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.