Last Updated: May 15, 21:40
Wednesday, May 15, 2024
ޚަބަރު

"އައްޑޫ 5ކޭ" ރަންގައި އަވަހަށް ބައިވެރިވޭ

އަންނަ މަހުގެ 8 ގައި އައިރަނާސްގެ އިން އައްޑޫގައި ބާއްވަން ހަމަޖައްސާފައިވާ "އައްޑޫ 5ކޭ" ޗެރިޓީ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާ ދުވުމުގެ ތެރެއިން 5 ކިލޯމީޓަރު ދުވުމުގައި ބައިވެރިވުމުގެ އަގަކީ 200ރ. އެވެ. އަދި 2 ކިލޯމީޓަރުގެ ދުވުމުގައި ބައިވެރިވުމުގެ އަގަކީ 150ރ. އެވެ.

މީގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އޮންލައިންކޮށް ވެސް ރަޖިސްޓްރީ ކުރެވޭނެ އެވެ.

އައިރަނާޒް އިން ބުނީ މިއީ މުޖުތަމަޢަށް ފައިދާ ހުރި އެކި ޙަރަކާތްތައް ރާވާ ހިންގާ ޖަމުޢިއްޔާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ބާއްވާ ޗެރިޓީ ދުވުމެއް ކަމަށެވެ.

އެހެންވެ ދުވުމުން އެއްކުރެވޭ ފައިސާ ޝަރަފުއްދީން ސްކޫލްގެ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހިންގާ ސެން ކްލާސް "އަލް-ނޫރު" އަށް ހަދިޔާ ކުރަން ވަނީ ނިންމައިފަ އވެ.

"އައްޑޫ 5ކޭ" ގެ ބޮޑެތި މީހުންގެ ދުވުން ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 6:30 ގަ އެވެ. އަދި ކުޑަކުދިންގެ ދުވުން އޮންނާނީ ހެނދުނު 8:00 އިން ފެށިގެންނެވެ.