Last Updated: May 10, 20:45
Saturday, May 10, 2025
ޚަބަރު

ވައްކަމަކާ ގުޅިގެން މީހަކު ހޯދަނީ

އައްޑޫ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށް، ވީޑިއޯއެއް ވެސް އާންމުކޮށްފި އެވެ.

ވައްކަމުގެ މައްސަލާގައި ހޯދާ މީހާގެ ވީޑިއޯ އާންމު ކުރި ނަމަވެސް އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791612 އަށް ގުޅައި ހިއްސާ ކުރަން އެދޭ ކަމަށެވެ.