Last Updated: June 28, 18:47
Sunday, June 28, 2026
މުނިފޫހިފިލުވުން

"އެވެންޖާސް: އިންފިނިޓީ ވޯ" ގެ ޓްރެއިލާ މިއޮތީ

މިހާތަނަށް މާވެލް ސްޓޫޑިއޯސް އިން އުފައްދާ އެންމެ ބޮޑު ފިލްމް އަދި އެންމެ ގިނަ މީހުން އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމް ކަމުގައިވާ "އެވެންޖާސް: އިންފިނިޓީ ވޯ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ޖޯ އަދި އެންތޮނީ ރުސޯ ޑައިރެކްޓް ކޮށްފައިވާ މި ފިލްމްގެ ފުރަތަމަ ފުޓޭޖް މާވެއިލް އިން ވަނީ ޑީ23 އެކްސްޕޯ އާއި ސެން ޑިއޭގޯ ކޮމިކް-ކޮން ގައި ދައްކާލާފައެވެ. އެހެންނަމަވެސް މާވެއިލް އެ ފުޓޭޖް އޮންލައިން ކޮށް އާންމުކޮށްފަ އެވެ. ގިނަ ދުވަސްތަކެއް ފަހުން މިހާރު މާވެލް އިން ވަނީ އެންމެ ފަހުން ފިލްމްގެ ޓްރެއިލާ ރަސްމީކޮށް އޮންލައިންކޮށް ރިލީޒްކޮށްފަ އެވެ.

'އިންފިނިޓީ ވޯ' އަކީ މާވެލް ސިނެމެޓިކް ޔުނިވާސްގެ މައިގަނޑު ފުރަތަމަ ވާހަކައިގެ ނިމުމެވެ. މި ފިލްމުން ފެނިގެންދާނީ މާވެލްގެ ހުރިހާ މަޝްހޫރު ހީރޯތައް ގެލެކްސީ ސަލާމަތްކުރުމަށްޓަކައި ތޭނޯސް (ޖޯޝް ބްރޯލިން) އާއި ހަނގުރާމަކުރާ ކުރުމެވެ. މި ފިލްމުން ފެނިގެންދާނެ ކެރެކްޓާތަކުގެ ތެރޭގައި މާވެލް އިން ރިލީޒްކުރި އެންމެ ފުރަތަމަ ފިލްމް ކަމުގައިވާ "އަޔަން މޭން" އިން ފެށިގެން އަދި ރިލީޒް ކުރުމުގެ މަރުހަލާގައިވާ "ބްލެކް ޕެންތާ" ވެސް ހިމެނެއެވެ.

"އެވެންޖާސް: އިންފިނިޓީ ވޯ" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 4 މެއި 2018 ގައެވެ.