ޕުލްކިތް ސަމްރާޓް އާއި ވަރުން ޝަރްމާގެ ހުނަރުތައް ފެނިގެންދާ "ފުކްރޭ ރިޓާންސް" ގެ އާ ލަވައެއް އަނެއްކާވެސް ރިލީޒްކޮށްފި އެވެ.
ގަންދަރްވް ސަޗްދީވްގެ އަޑުން ކިޔައިދީފައިވާ "ތޫ މެރާ ބާއި ނެހީ ހޭ" ގައި ރަފްތާރްގެ ރެޕް ވެސް ހިމެނެއެވެ. މި ލަވައިން ފެނިގެންދަނީ ހަނީ (ޕުލްކިތް) އާއި ޗޫޗާ (ވަރުން) ގެ ރަހުމަތްތެރިކަމުގެ ގުޅުމުގެ ވާހަކައެވެ.
"ފުކްރޭ ރިޓާންސް" އަކީ 2013 ވަނަ އަހަރުގެ ހިޓް ފިލްމް "ފުކްރޭ" ގެ ދެވަނަ ބައެވެ. މި ފިލްމުން ޕުލްކިތް އާއި ވަރުންގެ އިތުރުން މަންޖޯތް އިންގް އާއި އަލީ ފަޒާލް އަދި ރިޗާ ޗައްޑާ ވެސް ފެނިގެންދާނެ އެވެ.
8 ޑިސެމްބަރު ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމް ކޯ-ޕްރޮޑިއުސް ކޮށްފައި ވަނީ ރިތޭޝް ސިދްވަނީ އާއި ފަރްހާން އަޚްތަރް އެވެ. އަދި މި ފިލްމް ޑައިރެކްޓް ކޮށްފައި ވަނީ މްރިގްދީޕް ސިންގް ލާމްބާ އެވެ.