ޝާހް ރުކް ޚާން އާއި ކެޓްރީނާ ކައިފްގެ އިތުރުން އަނުޝްކާ ޝަރްމާ މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމްގެ އޮރިޖިނަލް ނަމަކީ "ކެޓްރީނާ މޭރީ ޖާން" ކަމަށް ކެޓްރީނާ ބުނެފި އެވެ.
އާނަންދް އެލް ރާއި ޑައިރެކްޓް ކުރާ މި ފިލްމްގެ ފައިނަލް އަދި ރަސްމީ ނަމެއް އިއުލާންކޮށްފައި ނުވާއިރު، މި ފިލްމަކީ 2018 ވަނަ އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާނެ އެއް ފިލްމް ކަމުގައި ވެގެންދާނެކަމަށް ބެލެވެއެވެ.
ރިޕޯޓްތައް ބުނާގޮތުން އެ ފިލްމްގައި ކެޓްރީނާ އަދާކުރަނީ އެކްޓްރެސް އެއްގެ ރޯލެވެ. އެހެންނަމަވެސް އޭނާ ކުޅެނީ އޭނާގެ އަމިއްލަ (ކެޓްރީނާ ކައިފް) ގެ ރޯލެއް ނޫނެވެ. މީގެ އިތުރުން ރިޕޯޓްތައް ބުނާގޮތުން އެ ފިލްމްގައި ކެޓްރީނާގެ ކެރެކްޓަ އަށް ދީފައި ވަނީ ވެސް އެހެން ނަމެކެވެ.
ކެޓްރީނާ ބުނީ އެ ފިލްމަށް މިހާރު ވަރަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި މިހާރު އެއީ މުޅިން އެހެން ފިލްމެއް ކަމަށެވެ. މި ފިލްމްގެ ފައިނަލް ނަން ރަސްމީކޮށް ރިލީޒްކޮށްފައި ނުވާއިރު، ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް އާ އަހަރު ދުވަހުގެ ރޭ ފިލްމް ނަން ޝާހް ރުކް ޚާން އިއުލާން ކުރާނެ އެވެ.