އެލެކްސް އިންވެސްޓްމެންޓް ޒެފިއާ ފުޓްސަލް ކަޕް 2017 ގެ މިއަދު ގްރޫޕު އޭ އިން ސުއްޓާލައިނާއި އެފްސީ އަފިރިން ބައްދަލުކުރި މެޗު 0-2 އިން ސުއްޓާލައިން ކާމިޔާބުކޮށްފިއެވެ.
ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ޖަހާފައިވަނީ ސުއްޓާލައިނުގެ ކެޕްޓަން، ހަސަން އިރުފާން(މެސީ) އެވެ.
ދެޓީމުންވެސް ގޯލަށް ނުރައްކާކޮށް ހަމަލާ ފޮނުވި ނަމަވެސް ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ މެސީގެ ހަމައެކަނި ލަނޑުން ސުއްޓާލައިނު ކުރީގައި އޮވެގެންނެވެ.
ފަހު ހާފުގައި އަފިރިން ޓީމުން ނަތީޖާ އެއްވަރުކުރުމަށް ބުރަ މަސައްކަތެއް ކުރި ނަމަވެސް ސުއްޓާލައިނު ކޮޅަށް ގޯލެއް ޖެހިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ސުއްޓާލައިނުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު 0-2 އަށް ފުޅާކޮށްފައެވެ. މިލަނޑު ޖަހާފައިވަނީ ސުއްޓާލައިނުގެ ހުސެއިން ޝައީމް، 7، އެވެ.
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސުއްޓާލައިނަށް ފުރަތަމަ ގޯލު ކާމިޔާބުކޮށް، މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ސުއްޓާލައިނުގެ ކެޕްޓަން، ހަސަން އިރުފާނެވެ.