Last Updated: June 16, 14:01
Tuesday, June 16, 2026
ޚަބަރު

މޫސުން ރަނގަޅުވެ ހަނިމާދޫ ދަތުރުތައް އަލުން ފަށައިފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލެއިން ރާއްޖޭގެ އެންމެ އުތުރަށް ކުރަމުންދިޔަ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު މިހާރު އަލުން ފަށައިފިކަމަށް ގައުމީ އެއާލައިނުން މައުލޫމާތު ދީފިއެވެ.

މޯލްޑިވިއަންއިން ބުނެފައިވަނީ މިއަދު ހެނދުނު ހދ. ހަނިމާދޫއަށް ކުރަން ހުރި ދަތުރުތައް މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާރު ދަތުރުކުރެވޭ ވަރަށް މޫސުން ރަނގަޅުވެ، އެއެއާލައިނުން ދަތުރުތައް އެއަތޮޅަށް އަނެއްކާވެސް މިރޭ ފަށާފައިވާ ކަމަށް މޯލްޑިވިއަން އިން ހާމަކޮށްފައިވެއެވެ.

މޯލްޑިވިއަން އިން ބުނެފައިވަނީ މިއަދު ފަސްކުރި ތިން ފްލައިޓުގެ ތެރެއިން އެއް ފްލައިޓު އިރުއޮއްސި 6:30 ވީއިރު ފުރާފައިވާ ކަމަށެވެ. އަނެއް ދެ ފުލައިޓުވެސް މިރޭގެ ވަގުތުތަކުގައި ފުރާނެ ކަމަށް މޯލްޑިވިއަން އިން ވަނީ މައުލޫމާތު ދީފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އުތުރުގެ ރަށްތަކަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު ވަރަށް ގިނަ ގެތަކަށް ފެންވަދެ، ރައްޔިތުން ވަނީ ހާލުގައި ޖެހިފައެވެ.