އަންނަ އަހަރު ރަޝިޔާގައި ކުޅޭ ފީފާ ވޯލްޑް ކަޕުގެ ފައިނަލް ޑްރޯ އިއްޔެ ނަގައިފިއެވެ. ޑްރޯ ނެގިއިރު މިފަހަރު ޑްރޯގައި ކޮންމެ ގްރޫޕެއްގައިވެސް އެއްވަރެއްގެ މޮޅު ޓީމުތައް ވަނީ ހިމެނިފައެވެ.
🏆ANALYSIS
Take a closer look at all 8⃣ #WorldCupDraw groups!🇦 https://t.co/3RKu6aptGf
🇧 https://t.co/C0EgEWZKjq
🇨 https://t.co/CAkVErmRv7
🇩 https://t.co/sjfQAOLL8N
🇪 https://t.co/zEow5TDVTT
🇫 https://t.co/IdYbSUveuU
🇬 https://t.co/HopKs77VbB
🇭https://t.co/piuR7nyoSA pic.twitter.com/aioRFKxBAP— FIFA World Cup (@FIFAWorldCup) December 1, 2017
ނަމަވެސް އެހެން އަހަރުތަކުގައި އޮންނަ "މަރުގެ ގްރޫޕް" މިފަހަރު ނުފެންނަކަން ފާހަގަކޮށްލެވެއެވެ. ތަޖުރިބާކާރުން ދެކޭގޮތުގައި މިފަހަރުގެ ވޯލްޑް ކަޕުގެ އެންމެ ފޯރިގަދަ ގްރޫޕަކީ ގްރޫޕު ބީ އެވެ.
އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލް، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަން ސްޕެއިން ހިމެނޭ މިގްރޫޕުގެ ދެން އޮތީ އޭޝިޔަން ކޮލިފައިންގައި އެއްވެސް މެޗަކުން ބަލިނުވެ ކޮލިފައިވި އިރާން އަދި އެފްރިކާ ގްރޫޕުގެ އެއްވަނަ ނެގި މޮރޮކޯއެވެ.
މިފަހަރުގެ ޑްރޯގައި "މަރުގެ ގްރޫޕް" ނެތުމަށް ދިމާވި މައިގަނޑު ސަބަބކީ އިޓަލީ އާއި ޗިލީ ފަދަ ވަރުގަދަ ޓީމުތަކަށް ވޯލްޑް ކަޕުން ޖާގައެއް ނުލިބުން ކަމަށް ތަޖުރިބާކާރުން ދެކެއެވެ.
އެހެންނަމަވެސް އަންނަ އަހަރުގެ ވޯލްޑް ކަޕަކީވެސް އެއްވެސް ގޮތަކުން އެހެން އަހަރުތަކަށްވުރެ ފޯރި ކުޑަ ވާނެ މުބާރާތެއް ކަމަށް ނުބެލެވެއެވެ. އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނުން ތަށި ދިފާއުކުރުމަށް ނިކުންނައިރު ޔޫރޯ ފައިނަލުން ބަލިވި ފްރާންސްވެސް އޮތީ ތަށީގައި ހިފުމަށް ފޫގަޅާފައެވެ.
ސްޕޭނާއި ޔޫރޯ ޗެމްޕިއަން ޕޯޗުގަލްގެ ކުރިމަތިލުމެއް ގްރޫޕް ސްޓޭޖުގައިވެސް ތާވަލުވެފައި އޮތްއިރު ދެޓީމުވެސް ވޯލްޑް ކަޕަށް ގޮސްފައިވަނީ ތަށި ހޯދުމުގެ އަޒުމުގައެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ރަޝިޔާ އަދި ސައުދީ އަރަބިއްޔާއެވެ. ޖޫން 14 ވަނަ ދުވަހު ކުޅޭ މިމެޗު އޮންނާނީ ރަޝިޔާގެ ވެރިރަށް މޮސްކޯގް ލުޛްނިޚީ ސްޓޭޑިއަމްގައެވެ.