އެލެކްސް އިންވެސްޓްމެންޓް ޒެފިއާ ފުޓްސަލް ކަޕް 2017 ގެ މިއަދުގެ ފުރަތަމަ މެޗުގައި އެފްސީ ބޭރުމަތި އަދި ގައުމު އެފްސީ ބައްދަލު ކުރި މެޗު 3-4 އިން ބޭރުމަތި ކާމިޔާބުކޮށް ސެމީގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ބޭރުމަތި ޓީމުން މިމެޗުން ހޯދި ތިން ޕޮއިންޓާއެކު ސެމީގެ ޖާގަ ކަށަވަރު ކޮށްފައިވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްގެންނެވެ. މިއަދުގެ މެޗުގައި ބޭރުމަތި ޓީމުން ފުރަތަމަ ހާފުގައި ދެލަނޑު ޖަހައި ލީޑު ނެގިއެވެ. ގައުމު ޓީމަށް މިހާފުގައި ޖެހުނީ އެންމެ ލަނޑެކެވެ.
ނަމަވެސް ފަހު ހާފުގައި ގައުމު ޓީމުން ދެލަނޑު ޖެހި ނަމަވެސް ބޭރުމަތި ޓީމުން ދެ ލަނޑު ޖަހައި މެޗު ކާމިޔާބު ކުރުމުގެ ސަބަބުން ގައުމު ވަނީ ކުޅުނު ތިން މެޗުން ބަލިވެ މުބާރާތުން ކަޓާފައެވެ.
މިއަދުގެ ދެވަނަ މެޗު އެފްސީ ގައްލީޝާއާއި ބައްދަލުކޮށް 1-17 ގެ ބޮޑު ތަފާތަކުން އެފްސީ އުސްގަނޑަ ކާމިޔާބުކޮށްފިއެވެ.
މެޗުގައި އުސްގަނޑަ ޓީމުން ފުރަތަމަ ހާފުގައިވެސް 7 ލަނޑު ޖަހާފައިވާއިރު ދެވަނަ ހާފުގައި އިތުރު 10 ލަނޑު ކާމިޔާބުކޮށްފައިވެއެވެ. އުސްގަނޑަ ޓީމުގެ އާލިފް ފަހުމީ އެކަނި މިއަދުގެ މެޗުގައި ފަސް ލަނޑު ޖަހާފައިވާއިރު އަލީ ލިރުހަމް ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން އަހުމަދު އިބްރާހިމް(ކޭޑީ) ގެ ހެޓްރިކެއް ފެނިގެން ގޮސްފައިވާއިރު އަބްދުﷲ އިމްރާންގެ ދެ ގޯލާއި މުހައްމަދު ރަފާހް(ޓޫޓޫ) ވެސް ވަނީ ކޮންމެ ކުޅުންތެރިޔަކަށް ދެގޯލު ޖަހާފައެވެ. އަދި އުސްގަނޑަ ޓީމުގެ ޒުވާން ފޯވާޑް، ހާޒިމް ފައުޒީވެސް ވަނީ ގޯލެއް ޖަހައި އުސްގަނޑަ ޓީމަށް ސެމީގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އުސްގަނޑަ ޓީމުގެ ފަސް ލަނޑު ކާމިޔާބުކުރި މުހައްމަދު އާލިފް ފަހުމީއެވެ.