މަތީ ފަންތީގެ އަންހެން ކުއްޖާގެ ދަށް ފަންތީގެ ފިރިހެން ކުއްޖެގެ ލޯބީގެ ވާހަކަ ދައްކުވައިދިން މަރާޓީ ފިލްމް "ސައިރާތް" ގެ ބޮލީވުޑް ރީމޭކް ކަމުގައިވާ "ދަޅަކް"ގެ ޝޫޓިން ފަށައިފި އެވެ.
"ދަޅަކް" ގެ ޓީމުން ވަނީ ރާޖަސްތާންގެ އުދޭޕޫރްގައި އެ ފިލްމްގެ ޝޫޓިން ފަށާފައެވެ. ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސް ކުރާ މި ފިލްމްގެ ލީޑް ރޯލުން ފެނިގެންދާނީ މުޅިން އަލަށް ބޮލީވުޑަށް ތަޢާރަފްވާ ދެ ތަރިން ކަމުގައިވާ އިޝާން ކައްޓަރް އާއި ޖާންވީ ކަޕޫރް އެވެ.
އިޝާން އަކީ ޝާހިދް ކަޕޫރްގެ އެއްބަނޑު ކޮއްކި ކަމުގައިވާއިރު، ޖާންވީ އަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ބަތަލާ ކަމުގައިވާ ޝްރީދޭވީގެ ދޮށީ އަންހެން ދަރިއެވެ. އިޝާން ވަނީ މީގެ ކުރިން މަޝްހޫރު އިރާންގެ ޑައިރެކްޓަރު މާޖިދް މާޖިދީ އާއެކު "ބިޔޯންޑް ދަ ކްލައުޑްސް" ގައި މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް "ދަޅަކް" ވެގެންދާނީ ޖާންވީ ކަޕޫރްގެ އެންމެ ފުރަތަމަ ފިލްމަށެވެ. ޖާންވީ އަކީ ކުޅަދާނަ އަދި ހުނަރުވެރި އެކްޓްރެސް ޝްރީދޭވީގެ ދަރިފުޅަށްވުމުން، ފިލްމްގައި ރަނގަޅަށް އެކްޓް ކުރުމަށް ޖާންވީ އަށް ވަރަށް ޕްރެޝަރު ބޮޑުވާނެ އެވެ.
"ދަޅަކް" އަކީ މަރާޓީ ފިލްމް "ސައިރާޓް"ގެ ރީމޭކަކަށްވާއިރު، "ސައިރާޓް" އަކީ މިހާތަނަށް ރިލީޒްކުރި އެންމެ ކާމިޔާބު އެއް މަރާޓީ ފިލްމެވެ. މިދިޔަ އަހަރު ރިލީޒް ކުރެވުނު މި ފިލްމަށް ވަނީ ބޮކްސް އޮފީހުގައި ޖުމްލަ 1.22 ބިލިއަން ރުޕީސް ލިބިފައެވެ. އެ ފިލްމް ޑައިރެކްޓް ކުރީ ނާގްރާޖް މަންޖުލޭ އެވެ.
"ދަޅަކް" ޑައިރެކްޓް ކުރަނީ ޝަޝާންކް ކޭތަން އެވެ. މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 6 ޖުލައި 2018 ގައެވެ.
Badal kyon DHADAKta hai!! #janhvishaan pic.twitter.com/MPdTn8cW30
— Karan Johar (@karanjohar) December 2, 2017
The journey of #DHADAK begins today!! JAHNVI and ISHAAN …..@ShashankKhaitan pic.twitter.com/RZ9LaxeCBn
— Karan Johar (@karanjohar) December 1, 2017
https://www.instagram.com/p/BcJolargSax/