Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

"ފްލެޓް ހޯދަން ކިއު ހެދުމަކީ ސަރުކާރުން ގަބޫލު ކުރާ ކަމެއް ނޫން"

ގާކޮށި އަދި އަރަބިއްޔާގައި ހަދާފައިވާ ފްލެޓްތައް ގަތުމަށް ގިނަ ބަޔަކު ކިއު ހަދާފައިވަނިކޮށް ފްލެޓް ދުކުރުން މަޑު ޖައްސާލީ ކިއު ހެދުމަކީ ސަރުކާރުން ގަބޫލް ކުރާ ކަމަކަށް ނުވާތީ ކަމަށް ހައުސން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަރަބިއްޔާ އަދި ގާކޮށީގައި ހަދާފައިވާ 264 ފްލްޓްގެ ތެރެއިން 105 ފްލެޓް ވިއްކާލުމަށް ނިންމުމާއި ގުޅިގެން މީގެ ދެ ދުވަސް ކުރިން ގިނަ ބަޔަކު ވަނީ ކިއު ހަދާފައެވެ.

މުއިއްޒު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ފްލެޓް ކިއު މަޑު ޖައްސާލީ އެއަށްވުރެ ރަނގަޅު ގޮތެއް ހޯދުމަށް ކަމަށެވެ.

މުއިއްޒު މިގޮތަށް ޓްވީޓު ކުރެއްވި އިރު ފްލެޓްތައް ގަތުމުގެ ފޯމް ހޯދުމަށް އިއްޔެ އިރުއޮއްސުނު ވަގުތުން ފެށިގެން ގިނަ ބަޔަކު ވަނީ ހުޅުމާލޭގެ ޣާޒީ ސްކޫލް ކައިރީގައި ބޮޑު ކިޔޫއެއް ހަދައިފަ އެވެ.