ޒިމްބާބްވޭގެ ވެރިކަން 37 އަހަރު ވަންދެން ކުރުމަށްފަހު އެތައް ބަޔެއްގެ ނުފޫޒުން ވެރިކަމުން ބާލުވި ރޮބާޓް މުގާބޭގެ ވެރިކަން ގެއްލުމުން އޭނާގެ އަނބިކަނބަލުން ގްރޭސް މުގާބޭ ވަރިވުމަށް އެދިއްޖެއެވެ.
މުގާބޭ ވަނީ އޭނާގެ ވެރިކަމުގެ ފަހު ދުވަސްކޮޅުގައި އަނބިކަނބަލުން ގްރޭސް ގައުމުން ބޭރަށް ފޮނުވާލައި، ބާރުގައި ދެމިހުރެވޭތޯ މަސައްކަތް ކޮށްފައެވެ.
ނަމަވެސް އޭނާއަށް އެކަން ކާމިޔާބުނުކުރެވި، އަސްކަރިއްޔާއިން ވަނީ ވެރިކަމުން ފޭބުން ނޫން ގޮތެއް ނެތް ކަން މުގާބޭއަށް އަންގާފައެވެ. ޚަބަރު ލިބޭ ގޮތުގައި މުގާބޭ ވެރިކަމުން ފޭބީ އޭނާގެ ވެރިކަމުގައި ކުށެއް ކޮށްފައިވާނަމަ އެކުށެއް އޭނާއާ ދެކޮޅަށް ނުބެލުމަށް ޝަރުތުކޮށްފައެވެ. އަދި އެތައް މިލިއަން ޑޮލަރެއްވެސް ދިނުމަށް މުގާބޭ ޝަރުތުކުރި ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.
މުގާބޭގެ ވެރިކަން ގެއްލުމުން އަނބިކަނބަލުން ގްރޭސް އޭނާގެ ފަރާތުން ވަރިވުމަށް އެދިފައިވާ ކަމަށް ޒިމްބާބްވޭގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވާއިރު ގްރޭސް ވަނީ ނަފްސާނީ ގޮތުން ބަލިކަށިވެފައި ކަމަށް އާއިލާއާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.