Last Updated: June 16, 11:49
Tuesday, June 16, 2026
ޚަބަރު

ސިޓީން އަނެއްކާ ވެސް ފަހަތުން އަރައި މޮޅުވެއްޖެ

ޕްރިމިއާ ލީގު ލީޑަރުން، މެންޗެސްޓާ ސިޓީ އަނެއްކާވެސް ފަހަތުން އަރައި، ފަހު ވަގުތުކޮޅު ތެރޭ ގޯލު ޖަހައި މެޗުގެ ނަތީޖާ އަނބުރާލައިފިއެވެ.

ރޭ ވެސްޓް ހެމް ޔުނައިޓެޑާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ސިޓީ ކުޅުނު މެޗުން މޮޅުވެފައިވަނީ 1-2 އިންނެވެ. ފުރަތަމަ ލަނޑު ވެސްޓް ހެމް އިން ޖެހި މިމެޗުގެ ފުރަތަމަ ހާފުގެ ބޮޑުބައި ކުޅެފައިވަނީ ލަނޑެއް ނުޖެހިއެވެ. ވެސްޓް ހެމްއިން ލީޑު ނަގާފައިވަނީ 44 ވަނަ މިނެޓުގައި އޮގްބޮނާ ޖެހި ލަނޑަކުންނެވެ.

ސިޓީގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައިވަނީ 57 ވަނަ މިނެޓުގައި ޑިފެންޑަރު ނިކަލަސް އޯޓަމެންޑީގެ ފަރާތުންނެވެ. ފަހު ގޯލު 83 ވަނަ މިނެޓުގައި ޑޭވިޑް ސިލްވާ ޖަހައިގެން އަނެއްކާވެސް ލީގު ތާވަލުގެ އެއްވަނާގައި ސިޓީ ވަނީ 8 ޕޮއިންޓުގެ ލީޑު ދަމަހައްޓާފައެވެ.

ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން މިހާތަނަށް އެންމެ ރަނގަޅު ފޯމުގައި އޮތީ ސިޓީއެވެ. ކުޅުނު 15 މެޗުގެ ތެރެއިން 14 މެޗުން މޮޅުވެ އެއްވަރުވެފައިވަނީވެސް އެންމެ މެޗަކުންނެވެ.

އަންނަ ހަފްތާގައި ސިޓީ ނިކުންނާނީ ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށެވެ. މިދެޓީމު މިދިޔަ ސީޒަނުގައި ޔުނައިޓެޑު ދަނޑުގައި ބައއްދަލުކުރި މެޗު ކާމިޔާބުކުރީ ސިޓީއިންނެވެ.