"ޖުރެސިކް ވޯލްޑް: ފޯލެން ކިންގްޑޮމް" ގެ ޓްރެއިލާ އިން ތަންކޮޅެއް އަނެއްކާ ވެސް ދައްކާލައި، ފިލްމްގެ ރަސްމީ ފުލް ޓްރެއިލާ އަންނަ ބުރާސްތަފި ދުވަހު އާންމުންނަށް ދޫކޮށްލަން ނިންމައިފި އެވެ.
މި ފަހަރުގެ ކްލިޕްކޮޅުގައި އާންމުކޮށްފައި ވަނީ ފިލްމްގެ ލީޑް ރޯލުން ފެނިގެންދާ އެކްޓަރު ކްރިސް ޕްރެޓްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށެވެ.
މިއަދު ދައްކާލި ކްލިޕުން ފެނިގެންދަނީ ގިނަ އަދަދެއްގެ ޑައިނަސޯތަކެއް ޕްރެޓް އާއި ކްލެއާ ފަހަތުން އަންނަ މަންޒަރެވެ. އެ ޑައިނަސޯތަކުން ސަލާމަތްވުމަށްޓަކައި ޕްރެޓްގެ ކެރެކްޓާ ކަމުގައިވާ އޮވެން އާއި ކްލެއާ ދުވަނިކޮށް ފަރުބަދައެއް ގޮވައި އޭގެއިން ހޫނު ގާތަކާއި އަލިފާން އޮހޮރެމުން ދެއެވެ.
ޖޭއޭ ބެޔޯނާ ޑައިރެކްޓްކޮށްފައިވާ މި ފިލްމް ރިލީޒް ކުރާނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.