ޓީވީ ސިލްސިލާ "ދިލް ދެކޭ ދޭކޯ" އިން މަޝްހޫރުވި އެކްޓަރު އަބީޝޭކް ބަޖާޖް އާއި "މޭރީ ބާބީ" އިން ތައާރަފުވި ބަތަލާ އަކަންކްޝާ ޖިންދަލް ކައިވެނިކޮށްފި އެވެ.
ނިއު ދިއްލީގައި ބޭއްވި ކައިވެނީގެ ހަފުލާގައި އަބީޝޭކް ލައިގެން ހުރީ ރަން ކުލައިގެ ޝޭރްވާނީއަކާއި މެރޫން ކުލައިގެ ޝޯލްއެކެވެ. މީގެ އިތުރުން އަކަންކްޝާ ކައިވެނީގެ ރޭ ލައިގެން ހުރީ ރަތް ކުލައިގެ ލެހެނގާއެކެވެ.
ހަތް އަހަރު އެކީގައި އުޅުމަށް ފަހު އަބީޝޭކް އާއި އަކަންކްޝާ އެންގޭޖްކޮށްފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގައި މުމްބާއިގެ ހޮޓަލެއްގަ އެވެ.
އެ ހަފުލާގައި މަޝްހޫރު ތަރިން ކަމަށްޗާ ރަޝްމީ ދޭސާއި އާއި ޖިތެން ލާލްވާނީ އާއި ސާހިލް އުއްޕަލްގެ އިތުރުން ކަންވަލްޖީތު ވެސް ބައިވެރިވި އެވެ.