Last Updated: June 16, 11:49
Tuesday, June 16, 2026
ޚަބަރު

އެފްޓީއޭގެ ސަބަބުން ރާއްޖެ އަށް ބޭރުގެ ބޭންކްތައް އަންނާނެ: ސައީދު

ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ގާއިމް ކުރެވުނު ފްރީ ޓްރޭޑް އެގްރީމެންޓާ އެކު ބައިނަލްއަގުވާމީ ބޭންކްތައް ރާއްޖެ އަށް އަންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު ވިދާޅުވީ ބޭރުގެ ބޭންކުތައް ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެފްޓީއޭގައި ސޮއިކުރުމުން އެކަމަށް މަގުފަހި ކުރެވިގެން ދާނެ ކަމަށެވެ.

އަދި މިހާރު ސަރުކާރުން ބޭރުގެ ލޯނުތައް ހޯދުމަށް އުފުލާ ތަކުލީފުތައް ލުއި ކުރުމަށް ބޭރުގެ ބޭންކުތައް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއި ކުރެވުނު އެފްޓީއޭއާ އެކު ބޭރުގެ ބޭންކުތައް ރާއްޖެ އަންނާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ސައީދު މިހެން ވިދާޅުވެފައިވާ އިރު ވިލުފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ރިޔާޒު ރަޝީދު ވަނީ ވޯލްޑް ބޭންކުން މިހާރު އުޅެނީ ރާއްޖެއަށް ގަދަކަމުންވެސް ލޯނު ދޭން ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވޯލްޑް ބޭންކުން ރާއްޖެއަށް ލޯނު ދޭން ދެކޮޅު ހެދި ނަމަވެސް ރައީސް ޔާމީން ވެރިކަމަށް އައުމުން އެކަން ބަދަލުވެއްޖެ ކަމަށެވެ.