ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 15 ބުރީގެ ޓަވަރެއް އަޅަން ފެނަކަ ކޯޕަރޭޝަނުން އިއުލާންކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަން އިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި ޓަވަރު އެޅުމަށް ހަމަޖެހިފައިވަނީ 12،000 އަކަފޫޓުގެ ބިމެއްގައެވެ. އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހަޅަންޖެހޭނީ މިމަހުގެ 10 ވަނަ ދުވަހުގެ 15.00 ގެ ކުރިންނެވެ.
ފެނަކައިން 15 ބުރީގެ ޓަވަރެއް އަޅަން އިއުލާންކޮށްފައިވާއިރު، ވެރިރަށް މާލޭގައި ކަރަންޓާއި ފެނުގެ ޙިދުމަތަށް ދޭ އަގުތަކުގައި ރަށްރަށުގައި އެ ޚިދުމަތް ދޭން ފަށައިފިނަމަ ގެއްލުންވާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފެނަކައިގެ އިތުރުން ވެސް ސަރުކާރުގެ އެހެން ކުންފުނިތަކުން ވެސް ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޓަވަރު އިމާރާތް ކުރަން އިއުލާނުކޮށްފައެވެ.
ހިޔާ މަޝްރޫއުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި އެކު ޖުމްލަ 22 ފަރާތަކުން ބައިވެރިވެއެވެ.