Last Updated: June 16, 11:49
Tuesday, June 16, 2026
ޚަބަރު

މެސީގެ ސްޓެޗޫއެއް ހަލާކުކޮށްލައިފި

އާޖެންޓީނާ އަދި ބާސެލޯނާގެ ތަރި ލިއޯ މެސީގެ ސްޓެޗޫއަކަށް ގެއްލުންދީ ހަލާކުކޮށްލައިފި އެވެ.

ގެއްލުންދީފައި ވަނީ އާޖެންޓީނާގައި ހުރި ސްޓެޗޫއަކަށެވެ. ވެރިރަށް ބުއެނޮސް އައިރެސްގައި ބަހައްޓާފައި ހުރި މި ސްޓެޗޫ އަށް ވަނީ މި އަހަރުގެ ޖެނުއަރީ މަހުގައި ވެސް ބަޔަކު ގެއްލުން ދީފަ އެވެ.

މި ފަހަރު ސްޓެޗޫގައި މެސީގެ ފައި ބުރިކޮށްލާފައިވާ އިރު މިކަން ކުރި ބަޔަކު އަދި ހޯދިފައެއް ނުވެ އެވެ.

ނަމަވެސް ކުރީ ފަހަރާ ހިލާފަށް މި ފަހަރު މެސީގެ ބޯ ހުރީ ސަލާމަތުންނެވެ.

މެސީއަކީ ބާސެލޯނާގެ އިތުރުން އާޖެންޓީނާ އަށް ވެސް އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާ އެވެ. އޭނާގެ މަގުބޫލުކަން އާޖެންޓީނާގެ އިތުރުން މުޅި ދުނިޔެ އަށް ފެތުރިފައިވާ އިރު އޭނާ ރަމްޒުކޮށްދޭ ބުދަކަށް ގެއްލުން ދިނުމުން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.