Last Updated: June 16, 11:49
Tuesday, June 16, 2026
ޚަބަރު

ހެލްތު މިނިސްޓަރު ސައުދީ އަށް ވަޑައިގެންފި

ސައުދީ އަރަބިއްޔާގައި ބާއްވާ ހަ ވަނަ އިސްލާމިކް ހެލްތު ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ސައުދީއަށް ވަޑައިގެންފި އެވެ.

މިއަދުން ފެށިގެން މި މަހުގެ 7 ވަނަ ދުވަހާ ހަމައަށް ސައުދީގައި ކުރިއަށްދާ މި ކޮންފަރެންސްގައި ބައިވެރިވެ މިނިސްޓަރު ނާޒިމް ތަގުރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި ތަގުރީރުގައި ރާއްޖޭގެ ސިއްހީ ދާއިރާގެ ސިޔާސަތު ބައްޓަން ކުރެވިފައިވާ ގޮތާއި ރާއްޖޭން ސިއްހީ ދާއިރާގައި ހޯދާފައިވާ ކުރިއެރުންތަކާއި ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.