އަކްޝޭ ކުމާރްގެ ކުރިއަށް އޮތް ފިލްމް "ޕެޑްމޭން" ގެ އާ ޕޯސްޓަރެއް އަނެއްކާވެސް ދައްކާލައިފި އެވެ.
އަކްޝޭ ވަނީ އެ ޕޯސްޓަރު އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ޕޯސްޓްކޮށްފަ އެވެ. މީގެ ކުރިން ވެސް އަކްޝޭ ވަނީ މި ފިލްމްގެ ގިނަ ޕޯސްޓަރުތަކެއް ޓްވިޓާ މެދުވެރިކޮށް އާންމުންނާއި ހއިްސާކޮށްފަ އެވެ.
#PadManTalks : Mad only become famous!@PadManTheFilm @sonamakapoor @radhika_apte @mrsfunnybones @SonyPicsIndia @kriarj #RBalki pic.twitter.com/BqEAcOFrW1
— Akshay Kumar (@akshaykumar) December 4, 2017
"ޕެޑްމޭން" އަކީ އަންހެންވެރިންނަށް ހެޔޮ އަގުގައި ޕެޑް ފޯރުކޮށްދިނުމާއި ބެހޭގޮތުން އުފައްދާ ފިލްމެކެވެ.
އިންޑިއާގެ 68 ވަނަ ޖުމްހޫރީ ދުވަސް ކަމުގައިވާ 26 ޖެނުއަރީ 2018 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ގޯރީ ޝިންޑޭ އާއިއެކު ޓްވިންކަލް ކައްނާ ޕްރޮޑަކްޝަން އިން އުފައްދާ ފިލްމެކެވެ. މި ފިލްމް ބިނާކޮށްފައި ވަނީ ހެޔޮ އަގުގައި އަންހެން ވެރިންނަށް ޕެޑް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ޕެޑް ހަދާ މެޝިނެއް އުފެއްދި އަރޫނާޗަލަމް މުރުގަނަންތަމްގެ މައްޗަށެވެ.
އަކްޝޭގެ މި ފިލްމަށް ބޮލީވުޑްގެ އެހެނިހެން ތަރިންގެ ތަޢުރީފްތައް ވެސް ވަނީ އަމާޒްވެފަ އެވެ.