އިންޑިއާގެ އެންމެ މަޝްހޫރު ހޮކީ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސަންދީޕް ސިންގްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމް "ސޫރްމާ" ގައި ތާޕްސޫ ޕައްނޫ ފެނިގެންދާނެ ގޮތް ދައްކާލައިފި އެވެ.
މި ފިލްމްގައި ސަންދީޕްގެ ރޯލް އަދާކުރާނީ ދިލްޖިތް ދޯސަންޖް އެވެ. އެގޮތުން ދިލްޖިތް ވަނީ މީގެ ކުރިން މި ފިލްމްގައި އޭނާ ފެނިގެންދާނެ 'ލުކް' ދައްކާލާފައެވެ.
މި ފިލްމްގައި ތާޕްސީ ޕައްނޫ އަދާކުރާނީ ސަންދީޕްގެ ލޯބިވެރިޔާގެ ރޯލެވެ. ތާޕްސީ ވަނީ އޭނާ އިންޑިއާގެ ހޮކީ ޓީމުގެ ޖޯޒީއެއް ލައިގެން ހުރި ފޮޓޯއެއް ޓްވިޓާ ގައި ޕޯސްޓްކޮށްފަ އެވެ. އެ ޓީޝާޓުގެ ފަހަތުގައި ލިޔެފައި އޮތް ނަމަކީ 'ހަރްޕްރީތް' އެވެ.
Only if I wasn’t an actor……. 😍💖 #Soorma #LoveForSports #IndianJersey pic.twitter.com/mw0nyFoGxT
— taapsee pannu (@taapsee) December 5, 2017
މި ފިލްމްގެ ރަސްމީ ރިލީޒް ތާރީޚެއް އަދި އާންމުކޮށްފައި ނުވާއިރު، ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ތެރޭގައެވެ.