Last Updated: June 11, 09:15
Thursday, June 11, 2026
ޚަބަރު

މަސްތުވާތަކެތި ބަންދު ކުރަނިކޮށް ހައްޔަރުކޮށްފި

ސ. ހިތަދޫ ގެެއެއްގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތަކެއް ބަންދު ކުރަން ތިއްބައި ހަތަރު މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އައްޑޫގައި ކުރިއަށް ގެންދާ "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގައި އިއްޔެ ހަތަރު މީހަކު ހައްޔަރު ކުރީ ހިތަދޫ ދިލްދާރު ގޭގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތައް ބަންދު ކުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ. އެ ހަތަރު މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ ނުވަ ޕެކެޓާއި ބަނގުރާ ކަމަށް ބެލެވޭ ފުޅިއެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެން ނަމަވެސް ހައްޔަރު ކުރި މީހުންނާ ބެހޭ އިތުރު އެއްްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.

އިއްޔެ ނޫން ކުރީ ދުވަހު ވެސް މަސްތުވާތަކެތި ކަމަށް ބެލެވޭ ފަސް ޕެކެޓާ އެކު ހިތަދޫން މީހަކު ހައްޔަރުކޮށްފައިވެ އެވެ.