Last Updated: May 15, 14:33
Wednesday, May 15, 2024
ޚަބަރު

ޓޫރިޒަމްގެ އައިކަންއަކަށް އައްޑޫ ވާާން ބޭނުން: ވަހީދު

އައްޑުއަކީ ރާއްޖޭގައި ޓޫރިޒަމް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ވަރުގެ އައިކަންއަކަށް ވާން ބޭނުން ކަމަށް ގަމުގެ އީކްއޭޓަ ވިލެޖްގެ މެނޭޖަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ކައިމޫ އިންވެސްޓްމަންޓްގެ ދަށުން ހިންގާ ގަމުގެ އީކްއޭޓާ ވިލެޖް ހިންގުމާ މިދިޔަ އަހަރުގެ ތެރޭގައި ހަވާލުވެވަޑައިގެން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އީކްއޭޓަ ވިލެޖަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކުރިއެރުންތަކެއް ހޯއްދަވައި ދެއްވަމުން ގެންދަވާ ވަހީދު "ހޮޓެލިއާ މޯލްޑިވްސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އައްޑުއަކީ ޓޫރިޒަމް ދާއިރާގެ ނަން ހިނގާ ތަނަކަށް ހެދި ދާނެ ކަމަށެވެ.

"އަަހަރެމެން އީކްއޭޓަ ވިލެޖްގައި މި ދޭ ހިދުމަތްތަކަކީ ވެސް ޓޫރިސްޓުން ބަލައި ގަންނަ އަދި އެ މީހުން އެންމެ ހިތްހަމަޖެހޭ ވަރުގެ ހިދުމަތްތަކެއް،" މިހާރު 99 ކޮޓަރި ހުރި އީކްއޭޓާއާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ އެތަނަކީ ރިސޯޓަކުން ޓޫރިސްޓުންނަށް ލިބޭނެ ހުރިހާ ހިދުމަތްތަކެއް މިހާރު ލިބޭނެ ތަނެއް ކަމަށެވެ. އަދި އީކްއޭޓަކީ ޓޫރިސްޓުންނަށް "ޔުނިކް" ޑެސްޓިނޭޝަނަކަށް ވާނެ ކަމަށް ވިދާޅުވި އެވެެ.

އެގޮތުން އެތަން ހިންގާ ގަން އައްޑޫގެ އާބާދީގެ ބޮޑުބައި ދިރިއުޅޭ ރަށްތަކާ ގުޅިފައި އޮތުމަކީ އީކްއޭޓަގެ ހާއްސަ ކަމެއް ކަމަށް ވިދާޅުވި އެވެ.

ޓޫރިޒަމް ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވައި، ތަފާތު މަގާމުތައް ފުރުއްވައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ވަހީދު ވިދާޅުވި ގޮތުގައި އައްޑޫ ޓޫރިޒަމްގެ އައިކަންއަކަށް ހެދުމަކީ މަސައްކަތްތަކެއްކޮށްފި ނަމަ ކުރެވިދާނެ ކަމެކެވެ.

"އަހަރެންގެ ވިސްނުން ހުރީ އައްޑޫ ރާއްޖޭގެ ޓޫރިޒަމްގެ އައިކަންއަކަށްވެގެން ދިއުން،" ފެންވަރު ރަނގަޅު ދެ ރިސޯޓާއި ގިނަ އަދަދެއްފެ ގެސްޓްހައުސް ވެސް މިހާރު ހިންގަމުން އަންނަ އައްޑުއާ ބެހޭ ގޮތުން ވަހީދު ވިދާޅުވި އެވެ.