Last Updated: May 16, 14:10
Thursday, May 16, 2024
ޚަބަރު

ފެނަކަގެ މެނޭޖަރުންނަށް ތަމްރީން ޕްރޮގްރާމެއް

ފެނަކަ ކޯޕަރޭޝަންގެ ސްޓޭޝަން މެނޭޖަރުންނަށް ޚާއްސަކޮށްގެން އިންޖީނިއަރިން މެނޭޖްމަންޓްގެ ތަމްރީން ޕްރޮގްރާމެއް މި މަހު ބާއްވަން ނިންމައިފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ "އިވެންޓް މެނޭޖްމަންޓް" ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ މެނޭޖަރުންނަށް ބާއްވާ ޕްރޮގްރާމް އޮންނާނީ މި މަހު ފަހުކޮޅު ކަމަށެވެ.

ޝަރީފް ވިދާޅުވީ މިފަދަ ޕްރޮގްރާމްތަކަކީ ފެނަކަ ފަދަ ބޮޑެތި ކުންފުނި ތަކަށް ޙާއްސަ ޕްރޮގްރާމެއް ކަމަށެވެ. އަދި ކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސްކިލްޑް ފުލް ލޭބާ ފޯސްއެއް ނެތުން ކަމަށް ވިދާޅުވި އެވެ.

"ސްޓާފުންގެ މެދުގައި ހިންގާ ހަރަކާތެއް ކަމުގައިވިޔަސް އަދި ސްޓާފުން ފެނަކަ ބްރާންޗެއްގައި ހިންގާ ހަރަކާތެއް ވިޔަސް އަދި އެހެން ފަރާތުން ކުންފުނީގެ މުވައްޒަފުންނަށް ހިންގާ ހަރަކާތްތަކުގައި ބައިވެރިވާން ޖެހޭނެ،" ޝަރީފް ވިދާޅުވި އެވެ. "މިފަދަ ޕްރޮގްރާމްތަކުން ދޭ މަޢުލޫމާތަކީ ކުންފުނީގެ ތަރައްޤީ އަށް ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ މައުލޫމާތުތަކެއް ކަމަށް ޤަބޫލް ކުރަން."