Last Updated: June 11, 09:15
Thursday, June 11, 2026
ޚަބަރު

ދެ ރަށެއްގެ ހުރަސް ފަސް މަގެއްގައި ތާރު އަޅަނީ

މަރަދޫ ބޮޑު މަގު. އެ ރަށުން މިއަދު ޒުވާނުންތަކެއް ވަނީ ހައްޔަރުކޮށްފައި. ފޮޓޯ/ އައްޑޫ ލައިވް

ސ. މަރަދު އާއި ފޭދޫގެ ބޮޑު މަގު ތާރު އަޅައިގެން ހަދަމުން އަންނަ އިރު، އެ މަގުތަކާ ހުރަސްކޮށް ގުޅިފައި އޮތް އިތުރު ފަސް މަގެެއްގައި ތާރު އަޅަން ނިންމާފައިވާ ކަމަށް "އައްޑޫ ލައިވް" އަށް އެނގިއްޖެ އެވެ.

އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި މަރަދޫގެ ހުރަސް ދެ މަގެއްގައި ތާރު އަަޅަން ނިންމާފައިވާ އިރު، ފޭދޫގެ ހުރަސް ތިން މަގެއްގައި ތާރު އެޅުމަށް ވަނީ ނިންމާފަ އެވެ.

އެގޮތުން ފޭދޫ ސްކޫލް ހުރަސް މަގާއި ލިންކް ރޯޑްގައި ހުންނަ ބްރައިޓް ލިންކް ފިހާރަ އާ ދިމާލުގައި އޮތް ހުރަސް މަގާއި ފޭދޫ މިސްރާބް ރީތި ފިހާރަ ހުރި މަގުގައި ތާރު އަޅަން ވަނީ ނިންމާފަ އެވެ. ފާހަގަކޮށްލެވޭ ކަމަކީ އެ ތިން މަގަކީ ވެސް ސްކޫލް ކުދިންގެ ބަސް ދަތުރު ކުރާ ތިން މަގު ކަމެވެ.

ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އިން ވަނީ ހިތަދޫގެ ވެސް ހުރަސް ހަ މަގެއްގައި ތާރު އަޅަން ނިންމާފަ އެވެ. އަދި މި އަހަރުގެ ފަހުކޮޅު އެ މަސައްކަތް ފެށޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ފޭދު އާއި މަރަދޫން ތާރު އަޅަން ހަމަޖެހުނު ފަސް މަގާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ދާދި ފަހުން ހައުސިން މިނިސްޓްރީގެ އިންފްރާސްޓްރަކްޗަ ޕްރޮޖެކްޓް އެޑްވައިޒަރުގެ މަގާމަށް ހަމަޖެއްސެވި ފޭދޫ ޕިންކް ހައުސް އަހުމަދު ފާއިޒު ވެސް އައްޑު އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.