ޚަބަރު

ބޯހިޔާވަހިކަން ނެތުމުގެ ޒިންމާ ރައީސް ނަގާކަށް ނުޖެހޭނެ: ގުލް

ދިވެހިރާއްޖޭގެ ރައްޔިތުން މިއަދު ބޯހިޔާވަހިކަން ނެތި ތިބުމުގެ ޒިންމާ ރައީސް އަބްދުﷲ ޔާމީން ނަންގަވަން ޖެހިވަޑައި ނުގަންވާނެ ކަމަށް ފެނަކަ އައްޑޫ އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ އާމިނަތް ގުލްފިޝާމް (ގުލް) ވިދާޅުވެއްޖެއެ ވެ.

އޭނާ މިހެން ވިދާޅުވީ 'ސަން' ޓީވީގެ '50 މިނެޓް' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

"ބޯހިޔާވަހިކަން ނެތި ތިބެން ޖެހުމުގެ ޒިންމާ ރައީސް ޔާމީން ނަންގަވާކަށް ޖެހިވަޑައި ނުގަންނަވާނެ،"

ގުލް ވިދާޅުވީ، މީގެ ކުރިން ވެސް ރާއްޖޭގެ ވެރިކަން އެހެން ބޭފުޅުން ކުރެއްވި ކަމަށާއި އެބޭފުޅުންގެ ޒިންމާ އަދާކުރެއްވިތޯ ސުވާލު އުފެދޭ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ރާއްޖެ ކޮންކްރީޓް ތަނަކަށް ރާއްޖެ ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވާތީ އެކަމާއި ގުޅިގެން ގުލް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢެއް ކުރިއަށް ދާއިރު އުމްރާނީ ތަރައްޤީ ތަކެއް އަންނާނެ ކަމަށެވެ.