Last Updated: June 28, 18:47
Sunday, June 28, 2026
މުނިފޫހިފިލުވުން

"ޕެޑްމޭން" ގެ އޯޑިއޯ ޓީޒާއެއް

އަންހެނުންނަށް ހެޔޮ އަގުގައި ޕެޑްތައް ލިބޭނެ ނިޒާމެއް ޤާއިމްކޮށް ދިން އަރޫނާޗަލަމް މުރުގަނަންތަމްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމް "ޕެޑްމޭން" ގެ އޯޑިއޯ ޓީޒާއެއް އާންމުންނަށް އިއްވާލައިފި އެވެ.

ފިލްމްގެ ބަތަލު އަކްޝޭ ކުމާރުގެ އަންހެނުން ޓްވިންކަލް ކަންނާގެ މިސިޒް ފަނީބޯން އިން ޕްރޮޑިއުސްކޮށް، އާރް. ބަލްކީ ޑައިރެކްޓްކޮށްފައިވާ މި ފިލްމްގައި އަކްޝޭ ކުމާރް އާއި ސޯނަމް ކަޕޫރްގެ އިތުރުން ރާދިކާ އަޕްޓޭގެ އެކްޓިން ވެސް ފެނިގެން ދާނެ އެވެ.

އެގޮތުން މިއަދު އަކްޝޭ ވަނީ އޭނާގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ފިލްމްގެ ކުޑަ ވީޑިއޯއެއް ޕޯސްޓްކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަނީ ސޯނަމް އަކްޝޭ އަށް ރަނގަޅަށް "ޕެޑްމޭން" ކިޔަން ދަސްކޮށްދޭ މަންޒަރެވެ.

މި ފިލްމް ސިނަމާކަށް އަންނާނީ ޖެނުއަރީ، 26، 2018 ގަ އެވެ.