ދުނިޔޭގެ އެންމެ މޮޅު އެއް ރެޕާ އެމެރިކާގެ އެމިނެމް އާއި އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ ޑުއެޓް ލަވައެއް ވަރަށް އަވަހަށް ރިލީޒް ކުރަން ތައްޔާރުވެއްޖެ އެވެ.
އެގޮތުން އެޑް ޝީރަން ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް އެމިނެމްގެ ކުރިއަށް އޮތް އަލްބަމް ކަމުގައިވާ "ރިވައިވަލް"ގެ ޓްރެކް ލިސްޓްގެ ފޮޓޯއެއް ދައްކާލައިފަ އެވެ.
އެ ލިސްޓްގެ ފަސްވަނައަކަށް އޮތީ އެމިނެމް އާއި އެޑް ޝީރަމްގެ ކޮލަބޮރޭޝަން "ރިވައިވަލް" އެވެ.
އުމުރުން 26 އަހަރުގެ އެޑް ޝީރަން ބުނެފައިވާ ގޮތުގައި އޭނާ ލަވަ ލިޔަން ފެށި މައިގަނޑު އެއް ސަބަބަކީ ވެސް އެމިނެމް، 45، ކަމަށެވެ.
މި މަހުގެ 15 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "ރިކަވަރީ" އަލްބަމްގައި އެމިނެމް ވަނީ މަޝްހޫރު އެހެން ފަންނާނުން ކަމަށްވާ އެލީޝާ ކީސް، ޕިންކް، ކޭލާނީ އަދި ސްކައިލާ ގްރޭއާ އެކު ކޮލަބޮރޭޓްކޮށްފައެވެ.
މީގެ އިތުރުން މި އަލަބަމްގެ ފުރަތަމަ ލަވަ "ވޯކް އޮން ވޯޓާ" ގައި އެމިނެމް ވަނީ ބިޔޯންސޭއާ އެކު މަސައްކަތްކޮށްފަ އެވެ.