ގިނަ ބައެއްގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރުވި ސިލްސިލާއެއް ކަމަށްވާ "ދި އޮރިޖިނަލްސް" ގައި ރެބެކާ މައިކަލްސަންގެ ރޯލް އަދާކުރާ އެކްޓްރެސް ކްލެއާ ހޯލްޓް އާއި އޭނާގެ ލޯބިވެރިޔާ އެންޑްރޫ ޖޮބްލަން އެންގޭޖްވެއްޖެ އެވެ.
ކްލެއާ ވަނީ އޭނާ އާއި އެންޑްރޫ އެންގޭޖްވި ކަމުގެ ޚަބަރު އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފަ އެވެ. ކްލެއާ ޕޯސްޓް ކުރި ފޮޓޯ އިން އެންޑްރޫ އޭނާ އަށް ދިން އެންގޭޖްމެންޓް އަނގޮޓި ވެސް ފެނެ އެވެ.
މީގެ ހަތް މަސް ދުވަސް ކުރިން ކްލެއާގެ ކުރީގެ ފިރިމީހާ މެތިއު ކެޕްލަން ވަނީ ވަރިވުމަށް އެދި ހުށަހަޅައިފަ އެވެ.