Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

އެސްއޭއޭއެފްގެ ކައުންސިލް ބައްދަލުވުން އައްޑޫގައި

ސައުތު އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަން (އެސްއޭއޭއެފް) ގެ ކައުންސިލް ބައްދަލުވުން އަންނަ އާދިއްތަ ދުވަހު އައްޑޫގައި ބާއްވަން ނިންމައިފި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ ގަމުގެ އީކްއޭޓަ ވިލެޖްގައި ބާއްވާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލް ފިޔަވައި ދެކުނު އޭޝިއާގެ ހަތް ގައުމަކުން ބައިވެރި ވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި އަންނަ އަހަރު މި ސަރަޙައްދުގައި ބާއްވާ މުބާރާތްތަކުގެ ތާރީހުތައް ކަނޑައަޅާނެ އެވެ. އަދި ދެކުނު އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަންގެ އަސާސީ ގަވައިދަށް ގެންނަން ޖެހޭ އިސްލާހުތަކަށް ވޯޓަށް އަހައި، އެ ބަދަލުތަކާ އެކު އާ އަސާސީ ގަވައިދު ފާސްކުރުން ވެސް އޮންނާނެ އެވެ.

މި ބައްދަލުވުން ރާއްޖޭގައި މި ފަހަރު ބާއްވާ އިރު، އެންމެ ފަހުން ބޭއްވި ސައުތު އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަންގެ އިންތިޚާބްގައި އެ ފެޑެރޭޝަންގެ ނާއިބް ރައީސްގެ މަގާމަށް ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވަނީ އިންތިހާބުވެވަޑައިގެންފަ އެވެ.