Last Updated: June 28, 17:46
Sunday, June 28, 2026
މުނިފޫހިފިލުވުން

"ޖުރެސިކް ވޯލްޑް: ފޯލެން ކިންގްޑޮމް" ގެ ޓްރެއިލާ

"ޖުރެސިކް ވޯލްޑް: ފޯލެން ކިންގްޑޮމް" ގެ ރަސްމީ ޓްރެއިލާ ރިލީޒްކޮށްފި އެވެ.

މި ފިލްމަކީ 2015 ވަނަ އަހަރު ރިލީޒްކުރި ކޮލިން ޓްރެވޮރޯގެ ފިލްމް "ޖުރެސިކް ވޯލްޑް" ގެ ދެވަނަ ބައެވެ. ފުރަތަމަ ފިލްމްގައި ވެސް އޮވެން އާއި ކްލެއާގެ ރޯލް އަދާކުރި އެކްޓަރުން ކަމުގައިވާ ކްރިސް ޕްރެޓް އާއި ބްރައިސް ޑެލަސް ހޮވާޑް މި ފިލްމުން ފެނިގެންދާނެ އެވެ. މީގެ އިތުރުން އޮރިޖިނަލް ފިލްމްގައި އިއާން މެލްކޮމްގެ ރޯލް އަދާކުރި ޖެފް ގޯލްޑްބްލަމްގެ އެކްޓިން ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

ފިލްމްގެ ރަސްމީ ޓްރެއިލާ ނެރުމުގެ ކުރިން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ 'ފޯލެން ކިންގްޑޮމް' ގެ ދެ ޓީޒާއެއް ވެސް ދައްކާލާފައެވެ.

ޖޭއޭ ބެޔޯނާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުން ޖަސްޓިސް ސްމިތް އާއި ޖޭމްސް ކްރޮމްވެލްގެ އިތުރުން ޓޯބީ ޖޯން ވެސް ފެނިގެންދާނެ އެވެ.

"ޖުރެސިކް ވޯލްޑް: ފޯލެން ކިންގްޑޮމް" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 22 ޖޫން 2018 ގައެވެ.