Last Updated: June 28, 17:46
Sunday, June 28, 2026
މުނިފޫހިފިލުވުން

އައިއެމްޑީބީގެ އެންމެ މަޝްހޫރު ތަރިއަކަށް ގަލް ގެޑޯ

އައިއެމްޑީބީ އިން ކޮންމެ އަހަރު ނެރޭ ޓޮޕް ތަރިންގެ ލިސްޓްގެ މިއަހަރުގެ އެއްވަނަ ހޯދާފައި ވަނީ "ވޮންޑަ ވުމަން" ގެ މަޝްހޫރު އެކްޓްރެސް ގަލް ގެޑޯ އެވެ.

މި އަހަރު ގާލް ގަޑޯޓް ވަނީ ކާމިޔާބު ދެ ފިލްމް ކަމުގައިވާ "ވޮންޑާ ވުމަން" އާއި "ޖަސްޓިސް ލީގް" އިން ފެނިގެން ގޮސްފައެވެ. އައިއެމްޑީބީ ވެބްސައިޓަށް ކޮންމެ މަހަކު 250 މިލިއަން ވިއުސް ލިބެއެވެ. އެގޮތުން މި އަހަރު އެންމެ ގިނަ މީހުން ޒިޔާރަތް ކޮށްފައި ވަނީ އައިއެމްޑީބީ ގެ ގާލް ގަޑޯޓްގެ ޕްރޮފައިލަށް ކަމަށް އެ ވެބްސައިޓުން ވަނީ ހާމަކޮށްފަ އެވެ.

މި ފަހަރުގެ "އައިއެމްޑީބީ ޓޮޕް ސްޓާސް 2017" ލިސްޓްގެ ގަދަ ދިހައެއްގައި ހަތް އަންހެނުން ހިމެނޭއިރު، ލިސްޓަށް އަރާފައި ވަނީ އެންމެ ތިން ފިރިހެނުންނެވެ. އެއީ ޑޭން ސްޓީވެންސް އާއި ބިލް ސްކާސްގާޑްގެ އިތުރުން ޓޮމް ހާޑީ އެވެ.

އައިއެމްޑީބީގެ 2017 ވަނަ އަހަރުގެ އެންމެ މަޝްހޫރު 10 ތަރިން:

1. ގާލް ގަޑޯޓް
2. ޓޮމް ހާޑީ
3. އެމީލިއާ ކްލާކް
4. އެލެކްސެންޑްރާ ޑެޑާރިއޯ
5. ބިލް ސްކާސްގާޑް
6. ޕޮމް ކްލެމެންޓިއެފް
7. އޭނާ ދި އާމަސް
8. ޑޭން ސްޓީވެންސް
9. ސޯފިއާ ބޫޓެލާ
10. ކެތަރިން ލޭންގްފޯޑް