Last Updated: April 27, 10:17
Saturday, April 27, 2024
ޚަބަރު

ގއ. އަތޮޅުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

ފުލުހުން މީގެ ކުރިން އަތުލާފައިވާ މަސްތުވާތަކެތި. ޕޮލިސް

ފުލުހުން ހިންގި ޚާއްސަ ދެ އޮޕަރޭޝަނެއްގައި ގއ. ގެ ދެރަށަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ފުލުހުންގެ މި އޮޕަރޭޝަނުގައި އެއަތޮޅު ކޮލަމާފުއްޓާއި ވިލިނގިއްޔަށް ދަތުރުކުރި ބޯޓެއް ބަލާފާސްކުރުމުގެ ތެރޭގައެވެ. މިމަހުގެ ހަތްވަނަ ދުވަހު ފުލުހުން ހިންގި މި ދެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ބޯޓު ބަލާފާސްކުރިއިރު ކޮލަމާފުއްޓަށް ބޭލި މުދަލުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި އަޅާފައިހުރި ޖޫސްޕެޓީ ކޮތަޅެއް ހޯދާފައިވެއެވެ.

އަދި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ވައްތަރުގެ ގިނަ އަދަދެއްގެ ހުސް ރަބަރު ޕެކެޓުތައްވެސް ވަނީ އޭގެ ތެރެއިން ފެނިފައެވެ. ވިލިނގިއްޔަށް އަދި ބޯޓުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މިމައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުންދާއިރު ފުލުހުން ބުނެފައިވަނީ އަދި މިމައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.